އުމުރަށްވުރެ ކުރިން ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ ހަމަ އެއްވެސް ފިރިހެނަކު ބޭނުންވާނެ ކަމެއް ނޫނެވެ. މެދު އުމަރަށް ނުދަނީސް ބޮލުން ފަތް ހުސްވުމަކީ ލަދުވެތި ކަމެއްވެސްމެ އެވެ.
ތަޖުރިބާކާރުން ބުނަނީ ދިރިއުޅުމުގެ ވައްޓަފާޅި އައި ބޮޑު ބަދަލުތަކާ އެކު ވަރަށް ޒުވާން އުމުރުގައި ފިރިހެނުން މިހާރު ތަލަވާން ފަށާ ކަމަށެވެ. އަދި އިސްތަށިގަނޑު ނުރަވުން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅީގެ އިތުރުންވެސް ތަލަވުމަށް މަގުފަހިވާ އެހެން ކަމެއް މިވަނީ ހޯދިފަ އެވެ. ދިރާސާތަކުން ބުނާގޮތުގައި އުމުރަށްވުރެ ކުރިން ތަލަވުމަކީ ހިތުގެ ބަލިތަކުގެ އަލާމާތެކެވެ.
އިންޑިއާގެ ކާޑިއޮލޮޖީ އެންޑް ރިސާޗް ސެންޓަރުން ހެދި ދިރާސާގައި ބުނާ ގޮތުން އުމުރުން 40 އަހަރުވުމުގެ ކުރިން ތަލަވުމާއި އިސްތަށިގަނޑު ނުރަވާ ފިރިހެނުންނަަށް ހިތުގެ ތަފާތު މައްސަލަތައް ޖެހުމުގެ ފުރުސަތު 40 ޕަސެންޓް އިތުރެވެ.
ބޯ ތަލަވުމަކާ އާދަކާދައިގެ ސަބަބުން ވާ ކަމެއް ކަމަށް ހީވިޔަސް އެކަމުގައި އާދަޔާޚިލާފް ކަމެއް ފާހަގަވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން މުހިއްމު ކަމަށް ދިރާސާވެރިން ބުނެ އެވެ.
ތަލަވުމަކީ ތަޖުރިބާ ކުރަން ޖެހިދާނެ ހިތުގެ ބައްޔެއްގެ ނިޝާނަކަށް ވެދާނެތީ އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.