ސްޕޭސް އެކްސް، ޓެސްލާ އަދި ޓްވިޓާގެ ވެރިޔާ އިލަން މަސްކް ޓެކްސަސްގައި އޭނާގެ އަމިއްލަ އަވަށެއް ބިނާކުރަން މަސައްކަތްކުރާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ އޭނާގެ މުވައްޒަފުން ދިރިއުޅުމަށްޓަކައި ޔޫޓޯޕިއާގެ ކުޑަ އަވަށެއް ގާއިމު ކުރަން އިލަން ވިސްނަމުން އަންނަ ކަމަށެވެ.
މިއަވަށް ތަރައްގީ ކުރެވޭނީ ޓެކްސަސްގެ ވެރިރަށް އޮސްޓިންގެ ރަށްބޭރުން އޭނާގެ ސްޕޭސް ކޮމްޕެނީގެ ކައިރީގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ސްނެއިލް ބްރޫކް ނަމަކަށް ކިޔާ އެ އަވަށުގެ ނަމަކީ އިލަންގެ ވިޔަފާރި މެސްކޮޓް، ގެރީ ނަމަކަށް ކިޔާ ފިނިހަކައަކަށް ބިނާކޮށް ކިޔާފައިވާ ނަމެެކެވެ.
ހަބަރުތައް ބުނާ ގޮތުގައި މިއަވަށުގެ ދެ ކޮޓަރީގެ ގެއަކަށް މުވައްޒަފުން ދައްކަން ޖެހޭނީ މަހަކަށް 800 ޑޮލަރެވެ. އަދި ކުންފުނިން ވަކިވެއްޖެނަމަ ގެ ހުސްކުރަން 30 ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ.
މި އަވަށުގައި ސްޕޯޯޓް އެރީނާތަކާއި ސްވިމިން ޕޫލް ފަދަ ހިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޮނީ އެނބުރި ހޮލީވުޑަށް!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!