އަލުވިއަކީ ކެއުމުގައި ވަރަށް އާއްމުކޮށް ހިމަނާ ބާވަތެކެވެ. ނުކުރާނެ ކަމެއް ވެސް ނެތެވެ. އެއިން ލިބޭ ފައިދާތައް އެތައް ގުނަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

އެންޓިއޮކްސިޑެންޓްތައް އިތުރުކޮށްދޭ

ތެލުލައިގެން ކެއުން ރަނގަޅު އެއްޗަކަށް ނުވިނަމަވެސް އަލުއްވަކީ ކެއުން ރަނގަޅު އެއްޗެކެވެ. އެގޮތުން އަލުވީގައި ވަރަށް ގިނަ ނިއުޓްރިއެންޓްއާއި އެންޓިއޮކްސިޑެންޓްތައް ހިމެނިގެންވެ އެވެ. އެއީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތަކާއި ހަނގުރާމަކުރާ މާއްދާ ތަކެކެވެ.

ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ

ދޮންކޭލަކީ ޕޮޓޭސިއަމް އެކުލެވިގެންވާ ކަމަށް މަޝްހޫރު މޭވާ އެކެވެ. ޕޮޓޭސިއަމްއަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ މިނިރަލްއެކެވެ. ދޮންކޭލުގައި ދުވާލަކަށް ބޭނުންވާ ޕޮޓޭސިއަމްގެ ނުވަ ޕަސެންޓް ހިމެނޭއިރު، ފިހުނު އަލުވީގައި އޭގެ ދެގުނައަށް ޕޮޓޭސިއަމް ހިމެނެ އެވެ.

ކަށިތައް ދުޅަހެޔޮކޮށްދޭ

އާދައިގެ އަލުއްވާއި ދަނޑުއަލުވިއަކީ ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ މެގްނީޒިއަމް އެކަށީގެންވާ މިންވަރަކަށް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ފިހެފައިވާ މެދު ސައިޒުގެ ދަނޑުއަލުވިއެއްގައި ދުވާލަކަށް ބޭނުންވާ މެގްނީޒިއަމްގެ 32 ޕަސެންޓް ހިމެނޭއިރު، އާދައިގެ އަލުވިއެއްގައި ހިމެނެނީ އޭގެ 22 ޕަސެންޓް އެވެ.