ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކޯލިޝަނުން މުޅި ރާއްޖޭގައި މުޒާހަރާކޮށްފި އެވެ.

މާލޭގައި މުޒާހަރާ ކުރިއަށް ދިޔައީ ރަސްފަންނުގަ އެވެ. މިއަދު ހަވީރު 4 ޖެހިއިރު އެ ކޯލިޝަންގެ ލީޑަރޝިޕާއި ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކާއި ރައީސް ޔާމީންއަށް ތާއީދުކުރާ ފަރާތްތަކުން އެ ސަރަހައްދަށް އެއްވެ ވަނީ އަޑު އުފުލާފަ އެވެ. ނަމަވެސް ފުލުހުންވަނީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހާ މަގުމައްޗަށް ނިކުތުން ހުއްޓުވާފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިންތިބީ އެކި ކަހަލަ ޝުއޫރު ފާޅުކޮށްފައިވާ ބެނާ ތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެވެ. އެ ކޯލިޝަނުންދަނީ ކޮންމެ ރެއަކުވެސް މަގުމަތީގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހްތިޖާޖު ކުރަމުންނެވެ.