މަހުރަމުންނާ ކައިވެނި ކުރުމަކީ މުސްލިމު ނޫން ގިނަ ގައުމުތަކުގައި ވެސް ގާނޫނީ ގޮތުންނާއި އެނޫން ގޮތްގޮތުން ވެސް މަނާ ކަމެކެވެ. އެއީ ކައިވެނިން ލިބޭ ދަރިންނަށް ސިއްހީ ގޮތުން ވެސް އަސަރުކުރާ ކަމެއް ކަމަށް އޮންނަނީ ބެލެވިފަ އެވެ.
އެހެން ނަމަވެސް ހަ އަހަރު ވަންދެން އިނދެގެން އުޅުނު އަނބިމީހާ އަދި އަމިއްލަ ދަރިންގެ މަންމައަކީ އެއްބަނޑުއެއްބަފާ ދައްތަކަން އެނގުމުން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ. އިންޑިއާގެ މީހަކަށް މިވަނީ އެ ހާލަތް ކުރިމަތި ވެފަ އެވެ.
ކުޑައިރު އެހެން އާއިލާއެއްގައި ބޮޑުވެފައިވާތީ އެ މީހާއަށް އޭނާގެ އަސްލު މައިންބަފައިންނާއި އާއިލާގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އަންހެނުންނަކީ ދައްތަކަން އެނގެން މެދުވެރިވީ އަންހެނުންނަށް ކިޑްނީ ހަދިޔާކުރަން ހެދި ޓެސްޓުތަކުން ކަމަށް އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވެ އެވެ.
"ކިޑްނީ ހަދިޔާކުރަން ހެދި ޓެސްޓުތަކުން އާދަޔާޚިލާފު ކަމެއް ފާހަގަ ވެެގެން ޑޮކްޓަރުން އިތުރު ޓެސްޓުތަކެއް ހަދަން ބުނި. އެ ޓެސްޓުތަކުން އަހަރުމެން ވަނީ ވަރަށް މަތީ އިންސައްތައަކުން މެޗް ވެފައި. އެހެންވެ ޑީއެންއޭ ޓެސްޓުތައް ހެދީ" އަންހެނުންނަކީ ދައްތަކަން އެނގުނު ގޮތް އެމީހާ ކިޔައިދިނެވެ.
މިހާހިސާބަށް ކަންތައް ދިއުމުން ހަދާނެ ގޮތް ހުސްވެފައިވާ ކަމަށާއި އެހެން ކަމުން އެކަމަށް ލަފާ ދިނުމަށް ސޯޝަލް މީޑިއާގައި އެމީހާ ވަނީ އެދިފަ އެވެ.
ދިރިއުޅުން މިހާހިސާބުން ހަލާކު ކޮށްލުމުގެ މާނައެއް ނެތް ކަމަށާއި ކަންތައްތައް ވަމުން ދާ ގޮތަށް ދޫކޮށްލުން ބުއްދިވެރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެއްވެސް ދީނެއްގައި ހުއްދަވެ ދެވެންނެއްކަމެއްގައި ތިކަން އެނގުނު ހިސާބުން ދުރުވާންވީ.