ރިޔާސީ ރޭހުގައި ރައީސް ސޯލިހުގެ ކޯލިޝަން މިހާރުވެސް އޮތީ އެންމެ ކުރީގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު ރައީސް ސޯލިހް އިއްޔެ ބޭއްވި މަޝްވަރާ ތަކަށްފަހު އިމްރާން ކުރެއްވި ޓުވީޓެއްގައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކި ޕާޓީތަކުން ތައްޔާރުވަމުންދާއިރު މިހާރުވެސް އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން އޮތީ މާކުރީގައި ކަމަށެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް މިހާރު ވެސް 2 ޕާޓީއަކުން ކޯލިޝަން ހަދާފައިވާއިރު އެހެން ޕާޓީތަކުން އަދިވެސް އުޅެނީ ކެނޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާގައި ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން މިހެން ވިދާޅުވިއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރެ އެވެ. އެމްއާރުއެމްއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ. މި ދެޕާޓީން ވެސް ދަނީ ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.
އަދާލަތު ޕާޓީން ވަނީ ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރުމާއެކު ކޯލިޝަން ހަދާފަ އެވެ.
ފޮނި ނުކަޑާ. 3 ވަނާގަ އޮތީ