މި ފެށުނީ ބަރަކާތްތެރި ރަމަޟާން މަހެވެ. މި މައްސަރުގައި ގިނަގިނައިން އަޅުކަން ކޮށް އަޅުކަމުގައި ވީހާވެސް ގިނަވަގުތު މަސްއޫލު ވުމަކީ ކޮންމެ މީހަކު ވެސް އަމާޒު ހިފަންވީ ކަމެކެވެ.

ކީރިތި ޤުރުއާނަށް ހާއްސަވެގެންވާ މި މައްސަރުގައި އެ ފޮތް ކިޔަވައި ތިލާވަތު ކުރުން އިތުރު ކުރަންވާނެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ރަމަޟާން މަހުގެ 30 ދުވަހުން މުޅި ޚަތިމް ކުރެވޭނެ ގޮތެކެވެ.

ޤުރުއާނުގެ މުސްހަފުގައި އޮންނަނީ ޖުމްލަ 604 ސަފްހާ އެވެ. މި އަދަދު 30 ދުވަހަށް ބަލާލައިފި ނަމަ ކޮންމެ ދުވަހަކު ކިޔަވަން ޖެހޭނީ ގާތްގަނޑަކަށް 20 ސަފްހާ އެވެ.

ދެން ބަލާލަމާ ހެއްޔެވެ؟ ކޮންމެ ދުވަހަކު ފަސް ނަމާދު ކުރަން ޖެހޭއިރު ކޮންމެ ނަމާދެއްގެ ފަހުގައި ޤުރުއާނުން އެންމެ 05 ސަފްހާ ކިޔެވިއަސް ކޮންމެ ދުވަހަކު ކިޔަވަން ޖެހޭ ސަފްހާގެ އަދަދު ފުރިހަމަ ވާނެ އެވެ.

މި ގޮތަށް ދެ ހަތިމް ކުރަން ބޭނުންނަމަ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔަވާ ސަފްހާގެ އަދަދު ދެގުނަ ކޮށްލާށެވެ. ކޮންމެ ނަމާދަކަށް ފަހު 10 ސަފްހާ ކިޔަވާނަމަ 15 ދުވަހުން ހަތިމެއް ނިންމޭނެ އެވެ.

މި ހިއްސާކޮށްލީ މަ ރަމަޟާން މަހުގައި ޤުރުއާން ހަތިމު ކުރަން ވަރަށް ވެސް ފަސޭހަ ގޮތެކެވެ. ތިޔަ ހުރިހާ ބޭފުޅުންނަށް ބަރަކާތްތެރި ރަމަޟާން މަހަކަށް އެދެމެވެ.