އައްޑޫ ސިޓީ ހިތަދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ އިމާރާތުގައި ހުންނާނީ ޖުމްލަ ދެ ފަންގިފިލާ އެވެ. އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހަކާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނޭނެ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ނައިބު ރައީސް މިއަދު ވަނީ އިސްލާމީ މަރުކަޒު ގާއިމް ކުރަން ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވާލައްވައިފަ އެވެ.