ރޯދަ މަހަކީ ރެއާދުވާލުގެ ދެބައިކުޅަ އެއްބައި ކެއުމާއި ބުއިމުން ދުރުވެ ތިބެން ޖެހޭ ދުވަސްވަރަކަށް ވުމާއެކު މި ދުވަސްވަރު ފެންބުއިމާއި ކަރުހިއްކުމަކީ އާއްމު ކަމެކެވެ. ނަމަވެސް މާބޮޑަށް ކަރުހިއްކައި ރޯދައަށް ހުންނަން އުނދަގޫވާނަމަ ތިރީގައި މިވާ ކަންކަމުގެ އަޖުމަ ބަލާލައްވާށެވެ.
ކެފެއިންއާ ދުރުވުން
ކޮފީ ނުވަތަ ސައިތައްޓެއް ނުބޮއެ ތިބުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އެހެންނަމަވެސް މި ރޯދަމަހު ކަރުހިއްކުމުން ސަލާމަތް ވާން ބޭނުންނަމަ މި އާދައިން ދުރުވާން އެބަ ޖެހެ އެވެ. ކެފެއިންއަކީ އޭގެެ ސަބަބުން މީހާ ގިނަގިނައިން ކުޑަކަމުދާންޖެހޭ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ލޮނު އަދި ފެން ބޭރުވެ އެވެ.
ގިނައިން މޭވާއާއި ތަރުކާރީ ބޭނުންކުރުން
މޭވާ އާއި ތަރުކާރީ އަކީ ހަމައެކަނި ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ނޫނެވެ. އޭގެ އިތުރުން މި ދެބާވަތަކީ ކަރުހިއްކުމަށް ވަރަށް ރަނގަޅ ހައްލެކެވެ. ގިނަ މޭވާ އާއި ތަރުކާރީގައި ފެނުގެ ބައި ގިނަ ވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ފެން ލިބި ތާޒާކަން ގެނެސްދެ އެވެ.
ދިޔާ ތަކެތި ބޯއިރު މަދުމަދުން ބޭނުން ކުރުން
-އެއްފަހަރާ ފެން ބުއިމުން އެފެން އަވަހަށް ހަށިގަނޑުން ބޭރުވާނެ އެވެ. އެހެން ކަމުން މުޅިދުވަހު އެއްޗެއް ނުބޮއެ ހުންނައިރު ފެން މަދުމަދުން ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެންމެ ރަނގަޅުގޮތަކީ ރޯދަވީއްލުމަށްފަހު ފަތިސް ވަންދެން ދޭތެރެ ދޭތެރެއިން ކުޑަ ފެންފޮދެއް ބޯލުމެވެ.
ކުޅިކޮށް ނުކެއުން
ކުޅި ކާތަކެތި ކެއުމުގެ ސަބަބުން ހަށިގަނޑަށް ފެން ބޭނުންވާ ވަރު އިތުރުކޮށްދެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ހާރުދަމު ގަޑީގައި ރިހަ ކާ މީހުންނެވެ. އެހެންކަމުން އެ ކައްކާ ރިހައިގައި ކުޅި މަޑުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.