ސ. ހިތަދޫގައި މިއަދު ހަވީރު ވައި ގަދަވެ މަގުމައްޗަށް ރުކެއް ވެއްޓުނު ނަމަވެސް، އެ ވަގުތު އެ ސަރަހައްދުން ސައިކަލުގައި ދިޔަ ދެ މީހުން އަނިޔާއެއް ނުލިބި ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.
މިއަދު ހަވީރު 6:00 ގައި މި ހާދިސާ ހިނގިއިރު، ސައިކަލުގައި ތިބީ ފިރިހެނަކާއި ކުޑަކުއްޖެކެވެ. މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދެ މީހުން ސަލާމަތްވީ ސައިކަލު ދުއްވާފައި ދިޔަ މަގުގެ ކުރިމައްޗަށް ރުއް ވެއްޓުނު ވަގުތުގަ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާކުރި މައިލޯ ނަހުމް ބުނި ގޮތުގައި، ރުއް ވެއްޓުނު ނަމަވެސް އެ ސައިކަލުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހިތަދޫ މަގެއްގައި މަޑު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން ސައިކަލެއް ވަދެގެން ދިޔަ ތަނެވެ. އެ ސައިކަލު މަގުގައި ހުރި ފިހާރައެއްގެ ކުރިމައްޗަށް އަރާ ހަމަވި ތަނާހެން، މަގުގައި ހުރި ރުއް އެއްކޮށް މަގުމައްޗަށް ވެއްޓެ އެވެ.
ރުއް ވެއްޓުމާއެކު އެއިން ވެއްޓުނު ކިހާތައް މަގުމައްޗަށް ވެރިގެން ދިޔަ އިރު، ސައިކަލު ކުޑަކޮށް އަރިއަކަށް އަޅައިގެން ނަމަވެސް ނުވެއްޓި ސަލާމަތުން ދުއްވާފައި ދާ ތަން ވީޑިއޯއިން ފެނެ އެވެ.
ގެވެށި އަނިޔާއަށް ނުވާ ކަމެއްގައި ގެވެށި އަނިޔާގެ އަމުރެއް ނެރެފި
19 މިލިއަން އުނިކުރުމުން މުސާރަ ދެވޭނެ ގޮތެއް ނެތިފައި!
ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ޒުވާނާގެ ދައުވާތައް ނަގައިފި
