ބޭނުންވާ ތަކެތި

  • 1 ½ ޖޯޑު ފުއް
  • ½ ޖޯޑު ކޮކޯ ޕައުޑަރު
  • 1 ސައިސަމްސާ ބޭކިން ޕައުޑަރު
  • ½ ސައިސަމްސާ ބޭކިން ސޯޑާ
  • ¼ ސައިސަމްސާ ލޮނު
  • ½ ޖޯޑު އޯރިއޯ ބިސްކޯދު (މުގުރާފައި)
  • ¾ ޖޯޑު ބަޓަރު
  • 1 ޖޯޑު ހަކުރު
  • 2 ބިސް
  • 1 ޖޯޑު ބަޓާ މިލްކް

ތައްޔާރުކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ފުށާއި ކޮކޯ ޕައުޑާރ، ބޭކިން ޕައުޑަރާއި، ބޭކިން ސޯޑާ އަދި ލޮނު ރަނގަޅަށް ފުރާނާލާށެވެ. އެއަށްފަހު މުގުރާފައި ހުރި އޯރިއޯ ބިސްކޯދުތަށް އަޅާލުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮއްލާށެވެ.
  2. ދެން ވަކިން ތައްޓެއްގައި ބަޓަރާއި ހަކުރު ރަނގަޅަށް (ފުފެންދެން) އެއްކޮށްލާށެވެ. އެއައްފަހު އޭގެތެރެއަށް ބިހާއި އެސެންސް އަޅާ ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން އެންމެ ފުރަތަމަ މިކްސް ކުރި އޯރިއޯ ބިސްކޯދުތަށް އަޅާ ރަނގަޅަށް އެއްކޮއްލާށެވެ.
  3. ދެން ބަޓަ މިލްކް އެޅުމަށްފަހު އަނެއްކާވެސް އަލުން ރަނގަޅަށް ގިރާލާށެވެ.
  4. އެއަށްފަހު ޓްރޭއެއްގައި ތެޔޮ ނުވަތަ ބަޓަރު ހާކައި ފުއްކޮޅެއް ހާކާލާށެވެ.
  5. އެންމެފަހުން ގިރާފައި ހުރި ކޭކު ފުއްގަނޑު ޓްރޭގެ ތެރެއަށް އެޅުމަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 45 މިނެޓް ވަންދެން ފިހެލާށެވެ.