އަންހެނަކު މާބަނޑު ވުމުން ''ފޮލިކް އެސިޑް'' ބޭނުން ކުރުމަށް ޑޮކްޓަރުން އަބަދުވެސް ލަފާދެ އެވެ.

ފޯލިކް އެސިޑް ނުވަތަ ފޯލޭޓްއަކީ ވަރަށް ފަސޭހައިން ފެނަށް ގިރުވާލެވޭ ވިޓަމިން ބީގެ މާއްދާއެކެވެ. އަޅުގަނޑުމެންގެ ހަށިގަނޑުން ފޯލިކް އެސިޑް ބޭނުންކުރަނީ އާ ސެލްތަކާ ނިއުކްލިކް އެސިޑް އުފެއްދުމަށެވެ.

މީގެ އިތުރުން ފޯލިކް އެސިޑަކީ، ޖެނެޓިކްސްއާއި ގުޅިފައިވާ ޑީއެންއޭ އުފެއްދުމުގެ މަރުހަލާގައިވެސް އިސް ދައުރެއް އަދާކުރާ މާއްދާއެކެވެ

އުފެދުމުގެ އައިބުތައް ކުޑަކޮށްދޭ

ފޯލިކް އެސިޑަކީ ބަނޑުތެރޭގައި ދަރިފުޅު އުފެދި ހެދި ބޮޑުވަމުން އަންނަ އިރު ސިކުނޑިއާއި ސްޕައިނަލް ކޯޑަށް ބަދަލުވެގެން ދާ ނިއުރަލް ޓިއުބްގައި އައިބުކަން އުފެދުމާ ދުރުކޮށްދީ އެފަދަ ކަމަކުން ދަރިފުޅު ހިމާޔަތްކޮށްދޭ މާއްދާ އެކެވެ.

ރެޑް ބްލަޑް ސެލްސް އުފައްދައިދޭ

ގަވައިދުން ފޯލިކް އެސިޑް ބޭނުންކުރުމުން ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް އުފައްދަން އެހީވެދެ އެވެ. މިއީ މާބަނޑު ދުވަސްވަރު އާންމުކޮށް ކުރިމަތިލާންޖެހޭ ދަގަނޑުގެ ބައި ދަށްވުމުގެ މައްސަލަތަކާ ދުރުކޮށްދޭނެ ކަމެއްވެސްމެ އެވެ