ދުވަހަކު ވެސް ބައްޕަ ރިޝީ ކަޕޫރާ ހަތަރުކަޅި ހަމަނުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ ބައްޕައަކީ ހަރުކަށި މީހެއް ކަމަށާއި ދަރިން ބެލެހެއްޓުމުގައި ބައްޕަގެ އުކުޅުތައް ވަރަށް ތަފާތު ކަމަށެވެ.

މީގެ އިތުރުން ބައްޕަގެ ފަރާތުން ދިރިއުޅުމުގެ އަގުހުރި ފިލާވަޅުތަކެއް ލިބުނު ކަމަށާއި އެއީ އޭނާގެ މުޅި އުމުރަށް ވެސް އަގުވަޒަން ކުރާނެ ފިލާވަޅުތަކެއް ކަމަށް ވެސް ރަންބީރު ބުންޏެވެ.

ބައްޕަ ނެތުމުން އެކަމުގެ ފަޅުކަން އިހުސާސްވާ ވާހަކަ ބުނަމުން ރަންބީރު އިތުރަށް ބުނީ ބައްޕަ ދުނިޔޭގައި ހުރިއިރު ބައްޕައާއެކު ގިނަ ވަގުތު ހޭދަ ނުކުރެވުނީތީ ދެރަވާ ކަމަށެވެ.

ރަންބީރަކީ ރިޝީ ކަޕޫރާއި ނީތޫ ކަޕޫރަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރި އެވެ. ބޮލީވުޑްގެ މަޝްހޫރު ކަޕޫރު ޚާންދާނުގެ މި ތަރިންނަކީ އާއްމުންގެ ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ތަރިންނެވެ.

ރިޝީ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.