އައިޝްވާރްޔޮ ރާއީއާއި އަބީޝޭކް ބައްޗަންއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ލޯބި އެއް ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެ ދެމީހުންގެ އެ ކައިވެންޏާ ބެހޭ އިތުރު ވާހަކައެއް މިހާރު މިވަނީ ފެންމަތިވެފަ އެވެ. އެއީ އައިޝްވާރްޔާ އޭނާގެ ކައިވެނީގައި ލައިގެން ހުރި ހެދުމުގެ ވާހަކަ އެވެ.

އައިޝްވާރްޔާ އޭނާގެ ކައިވެންޏަށް އިހްތިޔާރުކުރީ ޑިޒައިނަރު ނީތާ ލުއްލާ ޑިޒައިން ކޮށްފައިވާ ރަތް ކުލައިގެ ޖަރީ ސާރީ އެކެވެ. ބުނެވޭ ގޮތުގައި އެ ސާރީގެ ބައެއް ބައިތަކަކީ ޚާލިސް ރަނުން ތައްޔާރު ކުރެވިފައިވާ ބައިތަކެވެ.

އެ ސާރީގެ ޑިޒައިންގެ އިތުރުން ގިނަ ބަޔަކު ހައިރާން ކުރުވީ އޭގެ އަގުންނެވެ. ހަބަރުތައް ބުނާ ގޮތުގައި އެ ހެދުމުގެ އަގު އިންޑިއާ ރުޕީސްގެ ހަތް ލައްކައަށް އަރަ އެވެ. އެއީ އެ ދުވަސްވަރު ވަރަށް ބޮޑު އަގެކެވެ.

އައިޝްވާރްޔާއާއި އަބީޝޭކް ކައިވެނިކުރީ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.

އެ ކައިވެންޏަށް ދާދި ފަހުން 16 އަހަރުވިއިރު ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު އާރަދްޔާ ބައްޗަން އުފަންވީ 2013 ވަނަ އަހަރު އެވެ.