ހިނގަމުން މިދަނީ ދިވެހި ރާއްޖެއަށް އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި ގިނަގިނައިން ފެނާއި ދިޔާތަކެތި ބުއިމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. މި ލިޔުމުގައި މި ހިއްސާކޮށްލަނީ އެގޮތުން ބޭނުން ކުރެވިދާނެ ދެތިން ބުއިމަކަށެވެ.

މިންޓް ޓީ

މިންޓް ޓީއަކީ ފިނިކޮށްލުމަށް ބޯން ރަނގަޅު ސައެކެވެ. މިންޓް ސަޔަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭ ސައެކެވެ. އެހެންކަމުން، ހޫނު ދުވަހަކަށް ފަހު ފިނިކޮށްލުމަށް މި ސައި އެހީވެދޭނެ އެވެ.

ރޯސް ޓީ

މި ސަޔަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓާއި މިނަރަލްސް ހިމެނޭ ސައެކެވެ. އަދި ގިނަ އަދަދަކަށް ވިޓަމިން ސީވެސް ހިމެނޭ މި ސަޔަކީ ހޫނުކޮށް އަދި ފިނިކޮށްވެސް ބޮވޭނެ ސައެކެވެ.

ލެމަން ގްރާސް ޓީ

ލެމަން ގްރާސް ސައަކީ ސްޓެރްސް ފިލުވާލަންވެސް ބޭނުންކުރެވިދާނެ ސައެކެވެ. ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓް ކޮށްދޭ މި ސައިގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އުފެދުމުންވެސް ރައްކާތެރިކޮށްދޭނެއެވެ.