ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ވެސް އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިން ކަމުގެ އަޑުތައް މީޑިއާގައި ފެތުރިއްޖެ އެވެ.
މި އަޑުތައް މީޑިއާގައި ފެތުރިފައިވަނީ އަރްޕީތާ ޚާންއާއި އާޔުޝް ޝަރްމާގެ އީދު ޕާޓީއަށް ދިޔައިރު އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުންނެވެ.
އެޕާޓީއަށް ކެޓްރީނާ ދިޔައީ ރަންކުލައިގެ އަނާރްކަލީ ސޫޓެއްގަ އެވެ. އެ ހެދުމުގެ މޭ މައްޗަށް ރޫޖައްސާފައި ހުރިއިރު އަޅާފައިހުރި ދޯޕައްޓާގެ ސަބަބުން އޭނާގެ ބަނޑު ވެސް ފޮރުވިފައިވެ އެވެ.
ކެޓްރީނާ އޭނާގެ ބަނޑު ފޮރުވަން މަސައްކަތް ކޮށްފައިވަނީ ބަނޑުބޮޑު ވުމުން ކަމަށާއި އެކަން މީޑިއާއަށް ސިއްރު ކުރުމުގެ ބޭނުމުގައި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ކެޓްރީނާ ބަލިވެ އިން ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރިފައި މިވަނީ ބޮލީވުޑްގެ ގިނަ އެކްޓަރުން ތަކެއް ބަލިވެ އިންކަމުގެ ހަބަރު އިއުލާން ކުރަމުން ދަނިކޮށެވެ. އެންމެ ފަހުން އެ ހަބަރު އިއުލާން ކޮށްފައިވަނީ ބަރްފީގެ ތަރި އިލިއާނާ ޑި ކްރޫޒް އެވެ.
ކެޓްރީނާ ވިކީ ކައުޝަލްއާ ކައިވެނި ކޮށްފައިވަނީ މީޑިއާއަށް ސިއްރުން ލޯބީގެ ގޮތުން އުުޅުމަށްފަހު ވަރަށް ކުއްލި ގޮތަކަށް މިދިޔަ އަހަރު އެވެ.