ތައްޔާރު ކޮށްލަން ކިތަންމެ ހާވެސް ފަސޭހަ އެވެ. ބުރަ ދުވަހަކަށްފަހު ގެއަށް އައިސް ކާލަން ހަމަ އެންމެ ރަނގަޅެވެ. އެހެން ނަމަވެސް އެއިން ސިއްހަތަށް ކުރާ އަސަރާމެދު މީގެ ކުރިން ވިސްނާލެވިފައެއް ނެތެވެ. ދައްކަން މިއުޅެނީ އެންމެން ލޯބިކުރާ އިންސްޓަންޓް ނޫޑުލްސްގެ ވާހަކަ އެވެ.

ފެންނަ ފެނުމަށް އާދައިގެ ނޫޑްލުސް ފަދަ އެވެ. ހޫނު ފެން ފޮދެއް އަޅާލުމުން ކާން ފައްކާވީ އެވެ. އެހެން ނަމަވެސް މި ކެއުމަކީ ސިއްހަތަށް ހީވެސް ނުކުރާ ފަދަ ގެއްލުންތަކެއް ދޭ އެއްޗެކެވެ.

ހަށިގަނޑުގައި ލޮނުގެ މިންވަރު އިތުރުކޮށްދޭ

އިންސްޓެންޓް ނޫޑުލްސްއަކީ އާދަޔާ ޚިލާފަށް ގިނައިން ލޮނު އަދި ކާބޯހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތެކެވެ. މިގޮތުން މުޅި ދުވަހަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޮނު އިންސްޓަންޓް ނޫޑްލްސްގެ އެންމެ ކެއުމަކުން ލިބޭއިރު ދެން ހުރި ގަޑިތަކުގައި ކާ ކެއުމުން ހަށިގަނޑަށް އެތެރެވަނީ ބޭނުންނުވާ ލޮނެވެ.

ހަށިގަނޑުގައި ފެން އުފައްދައިދޭ

އިންސްޓެންޓް ނޫޑުލްސް ކެއުމުގެ ސަބަބުން، ހަށިގަނޑުގައި ފެން އިތުރުކޮށް، މީހާ ބުރަހެލި ކުރުވަ އެވެ. މިއީ ނޫޑުލްސް ކެއުމުގެ ސަބަބުން، ހަށިގަނޑުގައި ގިނައިން ފެން ހިފެހެއްޓުމުގެ ސަބަބުން ވާގޮތެކެވެ. ހަށިގަނޑުގައި، ފެން ގިނަވުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވެ އެވެ.

ހަޖަމް ކުރުން ލަސްކޮށްދޭ

އިންސްޓަންޓް ނޫލްްސް ގޮހޮރުގެގެ ތެރޭގައި ގިނަ ވަގުތު ހަޖަމްނުވެ، ހުރެ އެވެ. މާހިރުން ހާމަކުރާ ގޮތުގައި އާދައިގެ ނޫޑްލްސް އަށްވުރެ ވެސް އިންސްޓަންޓް ނޫޑުލްސް ހަޖަމްކުރުމަށް ގިނަ ވަގުތު ނަގައެވެ.

ތަފާތު ބަލިތަކަށް ހުށައަޅައިދޭ

އިންސްޓެންޓް ނޫޑްލްސް ކެއުމުގެ ސަބަބުން އާ ސިއްޙީ މައްސަލަތައް ކުރިމަތި ކުރުވައެވެ. ދިރާސާތަކުން ދައްކާ ގޮތުން، ހަފްތާއަކު ދެފަހަރު އިންސްޓެންޓް ނޫޑުލްސް ކެއުމަށް ބޭނުންކުރާ އަންހެނުންނަށް ތަފާތު ސިއްހީ މައްސަލަތައް އިތުރުވުމުގެ ފުރުޞަތު ބޮޑެވެ.