ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް، ދ. މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގު މިއަދު އައްޔަންކުރައްވައިފި އެވެ. ސަފާ ޝަފީގު މި މަޤާމަށް ޢައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ސަފާ ޝފީގަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ސަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފަ އެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގަ އެވެ.
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް