ފިރިހެނުންގެ މެދުގައި ވެސް ދަރިމައިވުމުގެ މައްސަލަތައް މިހާރަކަށް އައިސް އަންނަނީ ގިނަ ވަމުންނެވެ. ދަރިފަނި އުފެދުން މަދުވުމާއި އޭގެ ބާރު ދަށްވުމުގެ ސަބަބުން ދަރިން ލިބުމަށް ދަތިވެފައިވާ ކިތަންމެ އާއިލާއެއް އުޅެ އެވެ.
އެފަދަ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ކޮންމެ ދުވަހަކު ޓޮމާޓޯއެއް ކެއުމުން ފިރިހެން މީހާގެ ދަރިފަނި އިތުރުވާ ކަމަށާއި ދަރިފަނީގެ ބާރު ގަދަވާ ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
ޓޮމާޓޯގައި ހިމެނޭ ޑައިޓަރީ ކޮމްޕައުންޑެއް ކަމަށްވާ "ލެކްޓޯލައިކޮޕެން" އަކީ ދަރިފަނީގެ ބާރާއި އަދަދު އަދި ސައިޒާއި ޝޭޕް ރަނގަޅުކޮށް ދޭ އެއް މާއްދާ ކަމަށް މިދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާގައި އުމުރުން 19-30 އަހަރުގެ 60 މީހުން ބައިވެރި ކޮށްފައިވާއިރު، މީގެ ތެރެއިން އެއް ގުރޫޕްއަށް ކޮންމެ ދުވަހުގެ ނާސްތާއެކު ޓޮމާޓޯ ދެވިފައިވާއިރު، އަނެއް ގުރޫޕްގެ ބައިވެރިންނަށް ވަނީ ބޭސްދީފަ އެވެ.
އެގޮތުން 12 ހަފްތާވަންދެން ކުރި މިދިރާސާގައި އެންމެ ދަރިފަނީގެ އަދަދު ގިނަވެ އަދި ސިއްޙަތު ރަނގަޅު ބާރުހުރި ދަރިފަނި ހުރި ކަމަށް ދެއްކީ ޓޮމާޓޯ ކެއުމުގައި ބޭނުން ކުރި ފަރާތްތައް ކަމަށް ދިރާސާ ކުރުމުގައި ހަރަކާތްތެރިވި ޕްރޮފެސަރު އެލަން ބުންޏެވެ.
ޕްރޮފެސަރު އެލަން އިތުރަށް ބުނެފައި ވަނީ މިގޮތަށް މިކަން ދިމާވަނީ ޓޮމާޓޯގައި ގިނަ އަދަދަކަށް "ލެކްޓޯލައިކޮޕެން" ހިމެނޭތީ ކަމަށެވެ.
ލެކްޓޯލައޮކޮޕެން އަކީ ޓޮމާޓޯގައި ހުންނަ ރަތްކުލަ ދަމަހައްޓާ އެއްމާއްދާ އެވެ. އަދި ބައެއް އެހެން ތަރުކާރީތަކުގައި ވެސް މިމާއްދާ ހިމެނޭ ކަމަށް ޕްރޮފެސަރު ބުންޏެވެ.
މި ދިރާސާއަށް ފަހު، ދަރިފަނީގެ ސަބަބުން ދަރިމައިވުމަށް ހުރަސް އެޅިފައިވާ ގިނަ އާއިލާތަކަށް ވަނީ އާ އުއްމީދެއް ލިބިގެން ގޮސްފަ އެވެ.