އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ނައިބު ރައީސަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫން ކަމަށާއި، އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް ގައުމީ މަޖިލީހުން އައްޔަންކުރާ މަގާމެއް ކަމަށެވެ.
އެހެންކަމުން އޭނާގެ މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މެންޑޭޓާ ކަމަށް ވިދާޅުވި އެވެ. އަދި ޝާހިދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ބަލާއިރު އާ މެންޑޭޓެއް ނެތި މަގާމުގައި ދެމިހުރުން އެކަށީގެންނުވާ ކަމަށް ހިސާން ފާހަގަކުރެއްވި އެވެ.
ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ހިސާން ވަނީ އަރުވާފަ އެވެ.
ދެހާސަ ސައުވީސް ވަނަ އަހަރުގެ ޖުލައި މަހު ނައިބު ރައީސްކަމަށް އައްޔަންކުރި ހިސާން އިސްތިއުފާ މި ދެއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝާހިދު އިސްތިއުފާ ދެއްވައި ކެމްޕެއިން ފެއްޓެވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ޝާހިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އަބްދުﷲ ޔާސިރު
ތިނަދޫގެ އާބާދީ އޮޅުވައިލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް
"ބޭރުގެ އެޖެންޓުން އަތުން ޓެކްސް ނަގަން އުޅެނީ މަޝްވަރާނުކޮށް"