2013 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ ކާމިޔާބު ފިލުމު "ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާފާނެ ކަމުގެ އިޝާރާތެއް އެ ފިލްމުގެ އެއް ލީޑު އެކްޓަރު ރަންބީރު ކަޕޫރު ދީފި އެވެ.
ރަންބީރު ބުނީ ޔޭ ޖަވާނީ ހޭ ދިވާނީގެ ދެވަނަ ބަޔަށް ވަރަށް ރަނގަޅު ވާހަކައެއް ވެސް ޑައިރެކްޓަރު އަޔާން މުކަރްޖީ ވިސްނާފައިވާ ކަމަށާއި އެހެން ނަމަވެސް ފަހުން "ބްރައްމަރާސްތުރަ" ސީރީޒްގެ މަސައްކަތް ފެށީ ކަމަށެވެ.
ފިލްމުގެ ދެވަނަ ބައެއްގައި ފެނިގެން ދާނެ ކަމަށް ރަންބީރު ބުނީ މައި ކެރެކްޓަރުން ކަމަށްވާ އަވީނާޝް، އަދިތީ، ނައިނާ އަދި ބަނީގެ ދިރިއުޅުން ދިހަ އަހަރު ފަހުން ހުރި ގޮތް ކަމަށެވެ.
އެ ފިލްމުގެ ދެވަނަ ބައެއް ކުޅެން ވަރަށް ބޭނުންވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އޭގެ މަސައްކަތް ފެށުމަކީ ވަގަށް ގާތް ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރަންބީރުގެ އިތުރުން އަދިތުޔާ ރޯއީ ކަޕޫރު، ކާލްކީ ކޮޗްލިން އަދި ދީޕިކާ ޕަދުކޯން ފެނިގެންދިޔަ އެ ފިލްމަކީ އެ އަހަރު ނުކުތް ބޮލީވުޑްގެ އަންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ހުޅުމާލޭގައި 4 މިސްކިތް ހުޅުވޭނެ: ޝަހީމް
އާ އަހަރާ ދިމާކޮށް އަބޫދާބީގައި ހަވާ އެރުވުމުގެ ރެކޯޑެއް!