ސޮސެޖާއި ލަންޗިއޯން މީޓް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކަކީ ކާލަން އަނގައަށް ކިތަންމެހާ ވެސް މީރު ކެއުންތަކެކެވެ. މިފަދަ ބާވަތްތައް ކަމުނުދާ މީހަކު އަހަރުމެންގެ ތެރޭގައި މަދުވާނެ އެވެ.

ނަތީޖާއަކަށް ވެފައިވަނީ މި ބާވަތްތަކަކީ އަހަރުމެންގެ ކެއިންބުއިމުގެ މުހިއްމު ހިއްސާ އަކަށް ވުމެވެ. މިއާ ނުލާ ހެނދުނުގެ ނާސްތާ ފުރިހަމަ ނުވާ ފަރާތްތައް ވެސް އުޅެ އެވެ.

ނަމަވެސް ކާލަން އަނވަޔަށް ކިތެންމެ މީރުނަމަވެސް ވިސްނާލުން މުހިންމު ކަމެއް އެބައޮތެވެ. އެއީ މިފަދަ ތައްޔާރީ މަހަކީ އޭގައި ގިނަ އަދަދަކަށް ސޯޑިއަމް ނުވަތަ ލޮނުގެ ބައި ގިނައިން އެކުލެވޭ އެއްޗެއް ކަމެވެ. އަދި މީގެއިތުރުން ކެމިކަލްގެ ބާވަތްތައްވެސް އެހާމެ ގިނައިން އެކުލެވިގެންވާ އެއްޗެއް ކަމެވެ.

ތައްޔާރީ މަހުގައި އެކުލެވޭ ލޮނުގެ މާއްދާގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. އެ ބާވަތްތަކުގައި އެކުލެވޭ ގިނަ އަދަދެއްގެ ލޮނު މާއްދާއާއި ކެމިކަލް ތަކުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ތެރޭގައިި އާއްމު ބަލިތައް ގިނަ ވުމާއި ހިތުގެ އެކި ތަފާތު ބަލިތަކަށް މަގުފަހިވުން ހިމެނެ އެވެ.

އެގޮތުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހިތުގެ ލޭހޮޅިތައް ހިމަވުމުގެ އިތުރުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ވެސް ބޮޑުެާ ކަމަށް ހޯދުންތަކުން ބުނެ އެވެ.

ކަން މިހެން ހުރިއިރު، ތައްޔާރީ މަސް ގަވާއިދުން ބޭނުން ކުރުމަކީ ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫންކަމަށް ސައިންސްވެރިން ލަފާދެ އެވެ.