90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލުމުތަކުން ވިދާލި އެންމެ މަޝްހޫރު އެއް ޖޯޑެވެ. އެ މީހުން އެކުގައި ކުޅުނު ފިލްމުތަކަށް ވުރެ ބޮޑަށް އާއްމުންގެ ތެރޭގައި މަޝްހޫރުވީ އެދެމީހުންގެ ލޯބީގެ ގުޅުމެވެ.

އެގޮތުން އެދެމީހުންގެ ލޯބީގެ ވާހަކަތައް 90ގެ އަހަރުތަކުގެ ނޫސްތަކުގެ ފުރަތަމަ ގަނޑުން ޖާގަ ހޯދިއިރު އެ ދެމީހުން ވަކިވެގެން ދިޔައީ ވެސް މައްސަލަ ބޮޑު ގޮތަކަށެވެ.

އޭގެ ފަހުން ވިއްސަކަށް އަހަރު ފާއިތުވެފައިވާއިރު މިފަހުން ރަވީނާ މިވަނީ އޭނާއާއި އަކްޝޭގެ ގުޅުމާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކާފަ އެވެ.

އެގޮތުން ރަވީނާ ބުނީ މިއަދު ވެސް އޭނާއާއި އަކްޝޭއަކީ ގާތް ރަހުމަތްތެރިން ކަމަށާއި އެމީހުންގެ މެދުގައި މިއަދާ ހަމައަށް ވެސް އެކަކު އަނެކަކަށް ކުރާ އިހުތިރާމް އެބަ އޮތް ކަމަށެވެ.

ރަވީނާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ މީގެ ދެތިން ހަފްތާ ކުރިން ބޭއްވި "ހިންދުސްތާން ޓައިމްސް މޯސްޓް ސްޓައިލިޝް"ގައި އެދެމީހުން އެކުގައި ފެނިފައިވަނިކޮށެވެ.

ރަވީނާއާއި އަކްޝޭ ވަކިވުމަށްފަހު އަކްޝޭ ފިލްމީ ތަރި ޓްވިންކަލް ޚަންނާއާ ކައިވެނި ކުރިއިރު ރަވީނާ ކައިވެނި ކޮށްފައިވަނީ ވިޔަފާރިވެރިއަކާ އެވެ.