ސިނގިރޭޓު ބުއިމަކީ ކިހާ ގެއްލުންހުރި ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. މި ފަނާވަނިވި އާދައާ ދުރަށްދާން މަސައްކަތްކުރާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެ އެވެ. މި ލިޔުމުގައި މި ގެނެސްދެނީ އެކަމަށް އެހީވެދޭ ބައެއް ކެއުންތަކެވެ.

އޮރެންޖު

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ދުމުން ހަށިގަނޑަށް އެތެރެވާ ޓޮކްސިކް މާއްދާތައް ނައްތާލާ، މެޓަބޮލިޒަމް އިތުރުކޮށްދީ ލޭގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވެ އެވެ.

ކިވީ

ސިނގިރޭޓް ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ، ސީ އަދި އީ ދަށްވެ އެވެ. އެހެން ކަމުން ކިވީ ފަދަ މި މައްދާތައް ގިނަ މޭވަތައް ކެއުމުން ހަށިގަނޑުގެ ނިއުޓްރިޝަނަލް ލެވެލް ބެލެންސް ކޮށްދޭނެ އެވެ.

ފެން

ފެންބުއިމުން ނިކޮޓިންގެ ސަަބަބުން ހަށިގަނޑަށް ވެފައި ހުންނަ ގެއްލުންތައް ރަނގަޅުކޮށްދެ އެވެ. ނިކޮޓިން އަކީ ހަށިގަނޑު ޑީހައިޑްރޭޓް ކޮށްލާ އެއްޗެވެ. އެހެން ކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯންޖޭހެ އެވެ.

ސްޕިނެޗް

ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓް ނުބޯ މީހުންނަށް ވުރެ ސިނގިރޭޓް ބޯމީހުންގެ ހަށިގަނޑުގައި ފޮލިކް އެސިޑް ހުންނަ މިންވަރު މަދެވެ. މި އެސިޑަކީ ނާރުތަކާއި މަސް އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް މުހިންމު އެއްޗެކެވެ. ނަސީބަކުން ސްޕިނެޗް އަކީ މި އެސިޑް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ.

މީގެ އިތުރުން ސްޕިނެޗް އަކީ ދުންފަތުގެ ރަހަ ވެސް ނުބައިކޮށްލާ އެއްޗެކެވެ.

ކެރެޓު

ދުވާލަކު ކެރެޓު ތައްޓެއް ބޯނަމަ ހަށިގަނޑަށް އޭ، ބީ، ސީ އަދި ކޭ ލިބި، ހަށިގަނޑުގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވާނެ އެވެ.