ނ. މަނަދޫ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ހަމީދު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތުވާ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައިފާސްކުރަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
މަރުގެ މައްސަލަ ތަހުގީގުކުރުމުގެ ތަޖުރިބާކާރު އިންޕެކްޓަރު މުހައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މި މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރަން ކުރަމުންދާ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ނައީމާ މަރާލިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓެއް އަތުލައިގަނެފި
ބައިވެރިޔާއަށް ވަފާތެރިވާން އުނދަގޫތަ؟
