އާއްމު ދިރިއުޅުމުގައި އަރިދަފުސް ރޯގާ ޖެހުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެން ނަމަވެސް މި އާއްމު ބަލި ގޯސްވެ ފުއްޕާމޭގައި އަރިދަފުސް ހިފުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިކަމަށް ގޭގައި ކުރެވޭ ބައެއް ކަސްރަތުތަކުން ވެސް ލުއި ލިބެ އެވެ.

މިފަދަ ހާލަތެއްގައި އެކްޓިވް ސައިކަލް އޮފް ބްރީތިން ޓެކްނީކްސްގެ ކަސްރަތުތައް ކޮށްގެން، އެ މާއްދާތައް ކެއްސުމުގެ ތެރެއިން ހަށިގަނޑުން ބޭރުކުރުމަށް އެހީވެދެ އެވެ.

ފުރަތަމަ ކަސްރަތެއްގެ ގޮތުގައި އޮތީ އަހަރުމެން އާއްމުކޮށް ކުރާ ކަމެކެވެ. އިށީންދެގެން ނުވަތަ އޮށޯވެގެން އޮވެ ނޭފަތް ބޭނުންކޮށްގެން މަޑުމަޑުން ނޭވާ އެތެރެއަށް ލާށެވެ. އަދި ފަސް ސިކުންތު ނޭވާ ހިފެހެއްޓުމަށްފަހު އަނގައިން ނޭވާ ބޭރަށް ލާށެވެ. ދޫކޮށްލާއިރު އަނގަ އެހާ ބޮޑަށް ހޮޅުވައިގެން ނުވާނެ އެވެ. މިކަސްރަތު ކުރާއިރު ލޯ މަރައިގެން ކުރާނަމަ ރަނގަޅަށް ކުރެވުމުގެ ފުރުސަތު ބޮޑެވެ.

ޔޯގާ އަކީ ވެސް ފުއްޕާމޭގެ ހިނގުމަށް އެހީވެދޭ ކަމެއްދެވަނަ ކަސްރަތެއްގެ ގޮތުގައި ހިންދެމިލައިގެން ތަނެއްގައި އިށީންދެ އިނދެ މަޑުމަޑުން ފުން ނޭވާލާށެވެ. އަދި ހަމަޖެހިލައިގެން އިނދެ ނޭވާ ބޭރު ކުރާށެވެ. މިގޮތަށް ހަތަރެއް ނުވަތަ ފަސް ފަހަރު ތަކުރާރުކުރާށެވެ.

ތިންވަނަ އަށް އޮތީ އަނގައިން ނޭވާލުމެވެ. އަނގަ ހުޅުވައިގެން ނޭވާލުމުން ފުއްޕާމޭ ތެރޭގައި ހުންނަ އިތުރު އަރިދަފުސް ހަށިގަނޑުން ބޭރުވުމަށް އެހީވެދެ އެވެ. މި ކަސްރަތުގައި ބޭރަށް ނޭވާ ލާން ވާނީ ކުއްލިއަކަށް ވަރަށް އަވަހަށެވެ.

ރަނގަދަށް މި ކަސްރަތުތައް ކުރެވިއްޖެ ނަމަ ފުއްޕާމޭ ތެރޭގައި އަރިދަފުހުގެ އަޑު އިވޭނެ އެވެ. އަދި ލަހެއް ނުވެ ކެއްސަން ފަށައި އަރިދަފުސްތައް ބޭރުވާން ފަށާނެ އެވެ.