މޭވާއަކީ ސިއްހަތަށް ފައިދާހުރި އެކި ވިޓަމިންތަކާއި މިނަރަލްސްތަކުން ފުރިގެންވާ ބާވަތެކެވެ. އެކި މޭވާތަކަކީ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާ ކުރާ އެއްޗެއްކަން ދިރާސާތަކުން ވަނީ ސާބިތުވެފަ އެވެ.

އެގޮތުން މުސްކުޅިވުން ލަސްކޮށް ޒުވާންކަންމަތީ ގިނަދުވަހު ހުރުމަށް ފަޅޯ އެހީވެދޭ ކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.

"ހަށިގަނޑު މުސްކުޅިވުން ލަސްކޮށްލުމަށް ޚާއްސަ ފަޅޮލަކީ އެނޫންވެސް އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެއް. ފަޅޮލުން ލިބޭ ވިޓަމިނާއި މިނަރަލްސްތަކުން ހަށިގަނޑުގެ ސެލްތައް އަލުން އިޔާދަކޮށްދިނުމަށް އެހީތެރިވެދޭ." އެ ދިރާސާގައިވެ އެވެ.

ވިޓަމިނުގެ އިތުރުން ފަޅޮލަކީ އެންޓިއޮކްސިޑަންޓް ގިނަ މޭވާއެކެވެ. ފަޅޮލުގައި ހިމެނޭ ވިޓަމިނާއި އެންޓިއޮކްސިޑަންޓުން ހަށިގަނޑުގައި އުފެދޭ އޮކްސިޑޭޓިވް ސްޓްރެސް ދައްކޮށްދެ އެވެ.

އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، ޕްރޮޓީން އަދި ޑީއެންނޭ ހަލާކުކޮށްލަ އެވެ. މިއާއެކު ހަންގަނޑުގައި ރޫޖެހި ހަންގަނޑު ދޫވެ މުސްކުޅިވަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފަށަ އެވެ.

މީގެއިތުރުން ފަޅޮލުގައި ހިމެނޭ ވިޓަމިން އޭ، ސީ އަދި ވިޓަމިން އީ ގެ އެހީގައި ފަޅޮލުން ލިބޭ އެންޓި އޭޖިންގް މާއްދާތައް އިތުރުކޮށްދީ ހަށިގަނޑު ޒުވާންކަންމަތީ ދަމަހައްޓައި ދެއެވެ.

ޒުވާން ކަމުގެ އިތުރުން ވެސް ފޮޅޮލަކީ އެތެރެ ހަށީގެ ބަލިތަކަށް ވެސް ހުރި ލުއެކެވެ. އެގޮތުން އެއިން އެކި ވައްތަރުގެ ކެންސަރާއި ހަކުރު ބަލި ުރުކޮށްދެ އެވެ.