ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕުން ބުނި ގޮތުގައި މި ހިތާނީ ކޭމްޕު ކުރިއަށް ދާނީ މި މަހުގެ 15 އިން އޮގަސްޓު މަހުގެ ތިން ވަނަ ދުވަހަށެވެ.މނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ ޖުލައި 25، އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ހިތާނީ ކޭމްޕްގައި ހަތް ޑޮކްޓަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، އަދި ޑރ. އުކަތަމް އަބްދުއްލާޔެވްގެ ޑރ. އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނިވަޑައިގަންނަވަ އެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ކިއު އާރް ކޯޑް ސްކޭންކޮށްގެން ނަން ނޯޓު ކުރެވޭނެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މި ކޭންޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯއްދާ މެހެމާނުން ދައްކަން ޖެހެނީ 5،000ރ. އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާ ނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ކިއު އާރް ކޯޑް ސްކޭންކޮށްގެން ނުވަތަ މި ލިންކުން ކުރެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.