ބޯދަށަށް ބާލީހެއް ނުލައި ނިދުމަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އެހެން ނަމަވެސް އެކަމުން ލިބި ފައިދާތައް އެނގޭނަމަ އެކަމާ މެދު ވިސްނާނެ މީހުން ތިބެދާނެ އެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ ބޯދަށަށް އޮވެ ނިމުމުގެ ފައިދާތަކަށެވެ.

މޫނުގައި ބިހި ނެގުމާއި ރޫޖެހުމުން ދުރުކޮށްދޭ

އަރިއަކަށް ނިދަން އޮންނައިރު މޫނުގައި ބާލީސް ގިނައިރު ޖެހިފައި ހުރުމުގެ ސަބަބުން ހަންގަނޑު ދޫވެ ރޫޖެހުމަށް މެދުވެރިވެ އެވެ. އަދި ބާލިހުގައި ހުންނަ ޖަރާސީމުގެ ސަބަބުން މޫނުގައި ބިހި ނެގުމަށްވެސް މެދުވެރިވެ އެވެ.

އުނަގަނޑުގެ ރިހުން ކުޑަކޮށްދޭ

އުނަގަނޑުގައި ރިހުން ކުޑަކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ނިދާއިރު ބޭނުންކުރާ ބާލިސްތަކއި ދުރުވާށެވެ. ބޯ ދަށަށް ބާލިސް ނުލައި ނިދާނަމަ ނިދާފައި އޮންނައިރު ހަށިގަނޑު ސީދާވެ ބުރަކަށީގެ ކަށިތަކަށް އެކަށިގެންވާ ގޮތުގައި އަރާމު ލިބި ރިހުން ކުޑަކޮށްދެ އެވެ.

އަރާމު ނިންޖެއް ލިއްބައިދޭ

އަރާމު ނިންޖަކަށް ގިނަ ބާލީސް ބޭނުންވާ ކަމަށް ގަބޫލުކުރެވޭނަމަ އެ ހިޔާލު ދޫކޮށްލާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބާލިސް ނުލައި ނިދާނަމަ އަރާމު ނިދި ލިބުމުގެ ފުރުސަތު ބޮޑުކޮށްދެ އެވެ. އަދި ދަންވަރު ދޭތެރެ ދޭތެރެއިން ހޭލެވުންވެސް މަދުކޮށްދޭނެ އެވެ.