ބާހުބަލީ އިން މަގުބޫލުކަން ހޯދު ތެލެގޫ އެކްޓަރު ޕްރަބާސްގެ ބޮޑު ބަޖެޓް ފިލްމު "އަދިޕުރުޝް"ގެ 10،000 ޓިކެޓް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ގަނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންބީރު މިހާރު ވަނީ "އަދިޕުރުޝް"ގެ 10،000 ޓިކެޓް ގަނެފަ އެވެ. މިޓިކެޓްތައް ބެހުމަށް ނިންމާފައިވަނީ ފަގީރު ކުދިންނަށާއި އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށެވެ. ރަންބީރުގެ އިތުރުން ޕްރޮޑިއުސަރު އަބީޝެކް އަގަރުވާލްވެސް 10،000 ޓިކެޓު ހިލޭ ބެހުމަށް ވަނީ ގަނެފަ އެވެ.
ޕްރަބާސް އާއި ކްރިތީ ސަނޯން އަދި ސައިފް އަލީ ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް" ރިލީޒްކުރުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އޯމް ރައުތު ޕްރޮޑިއުސްކޮށް ފަސް ބަހުރުވައަކުން ރިލީޒްކުރާ "އަދިޕުރުޝް" އަކީ އިންޑިއާގެ މަޝްހޫރު ފްލޯކު ވާހަކަ "ރާމަޔަނަ" ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މިފިލްމު ރިލީޒް ކުރާނީ ހިންދީ، ތެލެގޫ، މަލަޔާޅަމް، ކަންނާޑާގެ އިތުތުން ތަމަޅަ ބަހުންނެވެ.
ރީމާ އޭރު ދެއްކި ހިތްވަރުގެ ނަތީޖާ މިއަދު ވަރަށް ފޮނި!
ބޮޑުތިލަދުންމަތީ 13 ފަޅެއްގައި ރިސޯޓު ތަރައްގީ ކުރަނީ
އަތްފޯރާ ފަށުގައި "ސްނޯ" ތަޖުރިބާ ކޮށްލަން ބޭނުންތަ؟
ފަގީރު ކުދިންނަށް ފިލްމް ބަލާ ޓިކެޓަކަށްވުރެ މުހިއްމުވާނީ ކާބޯތަކެއްޗާ ފޭރާން ތޯއްޗެ.