އީރާނުގެ ރައީސް އިބްރާހީމީ އަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން އިންޒާރު ދެއްވައިފި އެވެ.
ފްރާންސްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި ރައީސް މެކްރޯން ރައީސީއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވީ އީރާނުން ރަޝިޔާއަށް މިސައިލް ފޯރު ކޮށްދެމުން ގެންދާތީ އެވެ.
އެ ފޯނު ކޯލުގައި މެކްރޯން ވަނީ އީރާނުން ރަޝިޔާއަށް ދެމުންގެންދާ މިލިޓަރީ އެއްބާރުލުން ދިނުން ވަގުތުން ހުއްޓާލުމަށް އަންގަވާފަ އެވެ. އޭގެ އިތުރުން އީރާނުގެ ނިއުކުލިއާ މަޝްރޫއާ ބެހޭ ގޮތުން ވެސް މެކްރޯން އެ ފޯނު ކޯލުގައި ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތާއި ފްރާސާއި ޖަރުމަނާއި އެމެރިކާއިން ބުނާ ގޮތުގައި އީރާނުގައި އުފައްދާ ޑްރޯންތައް ރަޝިޔާއަށް ފޯރު ކޮށްދޭން ފެށި ހިސާބުން އީރާން އެވަނީ ޔުނައިޓެޑް ނޭޝަން އިން 2015 ވަނަ އަހަރު ފާސްކޮށްފައިވާ އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ޑީލާ ބެހޭ މުއާހަދާ އާ ޚިލާފުވެފަ އެވެ.
ފާއިތުވި ހުކުރު ދުވަހު ވައިޓު ހައުސް އިން ބުނެފައިވަނީ ރަޝިޔާ އިން އީރާނާއެކު މިލިޓަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރަމުން އަންނަ ކަމަށެވެ. އަދި އީރާނުން އުފައްދާ އެއްކޮޅަށް ދާތުރު ކުރާ ޑްރޯންގެ އެތައް ސަތޭކަ ޑްރޯނެއް ރަޝިޔާއަށް ފޯރު ކޮށްދީފައިވާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.