ބޮޑު އީދު ބަންދާއި ގުޅިގެން ބޭންކުތައް މިމަހުގެ 26 ވަނަ ދުވަހު ހިދުމަތް ދިނުމަށް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
ބޮޑު އީދާ ގުޅުވައިގެން މި މަހުގެ 25 އަދި 26 އަކީ ވެސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ވަނީ ސަރުކާރުން ވަނީ ކަނޑައަޅުއްވާފަ އެވެ. އެހެންކަމުން މި އަހަރުގެ ބޮޑު އީދުގައި ނުވަ ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.
އެމްއެމްއޭއިން ބުނީ އީދު ބަންދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އިސްލާމިކް ބޭންކްވެސް ހުޅުވާނީ 26 ޖޫން ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަކަށެވެ.
ބަންދު ދުވަސްތަކުގައި، އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ޚިދުމަތް ހޯދުމަށް ބީއެމްއެލްއާއި އަދި އިސްލާމިކް ބޭންކުން ވެސް ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.
އެ ބޭންކް ބަންދުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.