ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފި އެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ވަނީ ދޫކޮށްލާފައިފަ އެވެ. އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ދައުވާ ކުރި ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.
ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ޝާންގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ޝާންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވީ ޖެނުއަރީ 6، 2021 ވަނަ ދުވަހު ދައުވާކޮށްފައިވާ ކަމަށް ޕީޖީއިން ބުންޏެވެ. އަދި އެ މައްސަލަ ހުށަހެޅީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
އޭއައި އާއި ސޯޝަލް މީޑިއާއިން ސިއްހީ ލަފާ ހޯދުމަކީ ގޯހެއް!
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
