ބަރުދަން ލުއި ކުރަން އެކި މީހުން ގެންގުޅެނީ އެކި އުކުޅު ތަކެވެ. އެއްބަޔަކު ބޮޑު ފަތިހާ ކަސްރަތަށް ނުކުންނައިރު އަނެއްބަޔަޔަކު ޚިޔާރު ކުރަނީ އެކި ކަހަލަ "ޑީޓޮކްސް" ބުއިންތަކެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ރޭގަނޑު ނިދުމުގެ ކުރިން ބޭނުން ކުރާނަމަ ހަށިގަނޑުން އަވަހަށް ސަރުބީ ވިރުވައިދީ ބަރުދަން ލުއި ކުރަން އެހީވެދޭ ބައެއް ބުއިންތަކަށެވެ.

ކެމޮމައިލް ސައި

ކެމޮމައިލް އަކީ ނިދުމަށް ފަސޭހަކޮށްދޭ އެއްޗެއްގެ ގޮތަށް ދުނިޔޭގައި މަޝްހޫރު މަލެކެވެ. މިއީ ހާބަލް މެޑިސިންތަކަށް ވެސް ބޭނުން ކުރަމުން އަންނަ މަލެކެވެ. ޑެއިޒީ މަލުގެ އާއިލަ އަކަށް ނިސްބަތްވާ މިލުގެ ގިނަ ފައިދާތަކެއްވެ އެވެ. ނިދުމުގެ ކުރިން މިމަލުން ސައި ތައްޔާރު ކޮށްގެން ހޫނުކަންމަތީ ބުއިމުން ބަރުދަން ލުއިކޮށްދެ އެވެ.

ފޮނިތޮށި ސައި

ފޮނިތޮށްޓަކީ އޭގައިވެސް ގިނަފައިދާ ތަކެއް އެކުލެވޭ އެއްޗެކެވެ. ފޮނިތޮށި ހާއްސަވަނީ މެޓަބޮލިޒަމް އަވަސް ކޮށްދޭ އެއްޗެއްގެ ގޮތުގަ އެވެ. ހަށިގަނޑުގައި ހުންނަ ވިހަ އަދި ސަރުބީ ވިރުވާލުމަށް، މާމުއި ކޮޅެއް އެޅުމަށްފަހު ފޮނިތޮށިން ސައި ތައްޔާރުކޮށްގެން ނިދުމުގެ ކުރިން ބޯށެވެ.

އޯބަތް ފެން

ފެނުގްރީކް ނުވަތަ އޯބަތް ފެނަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް ދުވާލު ގަޑީގައި ބޭނުން ކުރަން ވަރަށް ރަނގަޅު ބުއިމެކެވެ. އެހެން ނަމަވެސް ރޭގަނޑު މި ބުއިން ބޭނުން ކުރާނަމަ ހަށިގަނޑު ހޫނުކޮށް ސަރުބީތައް ވިރުވަން އެހީވެދޭނެ އެވެ. މި ބުއިން ތައްޔާރު ކުރުމަށް ތާފަނާ ފެންތަށްޓަކަށް އައް ސަމުސާ އޯބަތް އެޅުމަށްފަހު 30 މިނެޓު ބަހައްޓާށެވެ.