ސީރިއާ ހަނގުރާމައިގެ ތެރެއިން އަނިޔާވާ ސޫދާންގެ ބައެއް ރައްޔިތުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބިއްޖެ އެވެ.

ސީރިއާ ހަނގުރާމައިގައި އަނިޔާވި މީހުންގެ ތެރެއިން 500 މީހުންގެ ހައްޖުގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސައި ދީފައިވަނީ އަވަހާރަވެފައިވާ ރަސްގެފާނު ފަހްދު ބިން އަބްދުލްއަޒީޒް އަލް ސައުދްގެ ދަރިކަލުން ވަލީއަހްދު އަބްދުލްއަޒީޒް އެވެ.

ވަލީ އަހްދު ވަނީ އެ 500 މީހުންގެ ހައްޖުގެ ދަތުރުފަތުރާއި ކެއުމާއި ހުރުމުގެ ހުރިހާ ކަމެއްގެ އިތުރުން ދަތުރުގެ އިންޝުއަރެންސް ވެސް ހަމަޖައްސައި ދެއްވާފަ އެވެ.

ވަލީ އަހްދުގެ މި ފުރުސަތުގެ ދަށުން ހައްޖު ވުމުގެ ފުރުސަތު ލިބުނު ސީރިއާގެ ރައްޔިތަކު ބުނީ އޭނާގެ ފަގީރު ހާލަތާއެކު ހައްޖު ވުމަކީ އޭނާއަށް ދުރު ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް ވަލީއަހްދުގެ ދީލަތިކަމާއެކު އެ ހުވަފެން ފުރިހަމަވެއްޖެ ކަމަށެވެ.

ސީރިއާގައި އަބޫ ތުރުކީގެ ނަމުން މަޝްހޫރުވެފައިވާ ވަލީ އަހުދު އަބްދުލް އަޒީޒް، އޭނާއަކީ ކޮން ބޭފުޅެއްކަން ދުނިޔެއަށް އާއްމު ކުރެއްވީ ވަރަށް ފަހުންނެވެ. މީގެ ކުރިން އެބޭފުޅާ ނިކަމެތިންނަށް އެހީވަމުން ގެންދެވީ ސިއްރިއްޔާތުގަ އެވެ.

މިހާރު ކުރިއަށްދާ ސީރިއާ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މިހާތަނަށް ވެސް މަރުވެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެސް ލިބިފަ އެވެ.