ކަރިސްމާ ކަޕޫރަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި އެއް ތަރި އެވެ. މިހާރު ފިލްމީ ދާއިރާއިން ދުރުގައި ހުރި ނަމަވެސް އޭނާއަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ފަރާތެކެވެ.
އެގޮތުން މިފަހުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވަނީ ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯ ތަކެކެވެ. ބެލެވޭ ގޮތުގައި އެއީ ޗުއްޓީއެއްގެ ފޮޓޯ ތަކެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ކަރިސްމާ އަންނަނީ އޭނާގެ 50 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޕެރިހުގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
އެގޮތުން އެ ފޮޓޯތަކަކީ ޕެރިސް ޗުއްޓީގެ ފޮޓޯތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކަރިސްމާ ވަނީ ޕެރިސްގެ ރީތި މަންޒަރުތަކާއި ޕެރިހުގައި އޭނާ ކުރަމުން އަންނަ ބައެއް ކަންކަމުގެ މަންޒަރުތައް ވެސް ހިއްސާ ކޮށްފަ އެވެ.
ބުނެވޭ ގޮތުގައި ކަރިސްމާ ޕެރިހަށް ގޮސްފައިވަނީ އެކަންޏެވެ. މި އުމުރުގައި އެކަނި އެގޮތަށް ޗުއްޓީ ހޭދަކުރަން ދިއުމުން ގިނަ ބައެއްގެ ތައުރީފް އޭނާއަށް އަންނަނީ ލިބެމުންނެވެ.
ކަރިސްމާ ފިލްމީ ދާއިރާގައި މަސައްކަތް ކުރިއިރު އޭނާގެ ފާހަގަ ކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭގައި ރިޝްތޭ، ބީވީ ނަމްބަރު 1 އަދި ރާޖާ ހިންދުސްތާނީ ހިމެނެ އެވެ.