ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ އެޑްވައިޒަރުގެ މަގާމުން މުހައްމަދު ޝިހާބު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
ޝިހާބު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގަ އެވެ.
ޝިހާބު މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދާއެކުގަ އެވެ. އެގޮތުން ނަޝީދުގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަން މަންދޫބެއްގެ ގޮތުގައި މީގެކުރިން ޝިހާބު ދެ ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ.
ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދުގެ ދައުރުގައި ހޯމް މިނިސްޓަރުކަންވެސް ޝިހާބު އަދާކުރެއްވި އެވެ. އަދި މާލެ ސިޓީގެ މޭޔަރުކަން ވެސް ޝިހާބު ވަނީ އަދާކުރައްވާފަ އެވެ.
މިދިޔަ މަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަން ވެސް އެ މަނިކުފާނު ވަނީ މިއަދު އިއުލާނުކުރައްވާފަ އެވެ.

ބޭނުން ކުރެވޭ ރިޒާވް މަހުން މަހަށް %12 އިތުރުވެއްޖެ
ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
މިދުވަސްވަރު ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު