އެލޯވެރާއަކީ މޫނުގެ ހަންގަނޑު ރީތިކުރުމަށް ބޭނުންކުރަން ރަނގަޅު އެއްޗެއްކަން ގިނަ މީހުންނަށް އެނގެ އެވެ. އެގޮތުން އެލޯވެރާ ބޭނުންކޮށްގެން މޫނުގެ ހަންގަނޑު ރީތިކުރެވިދާނެ އެކި ގޮތްގޮތަށް މި ލިޔުމުގައި ބަލައިލާނަމެވެ.

އެންމެ ފަސޭހަ ގޮތަކީ ޓޯނާއެއްގެ ގޮތަށް އެލޯވެރާ ބޭނުންކުރުމެވެ. މިގޮތަށް ބޭނުންކުރާ ނަމަ އެލޯވެރާ ޖެލް، ކުޑަ ފެންފޮދަކާ އެއްކޮށްލުމަށްފަހު ބޭނުން ކުރެވޭނެ އެވެ. މިގޮތަށް އަލޮވެރާ މޫނުގައި އުނގުޅުމުން ހަންގަނޑު ހައިޑްރޭޓް ކޮށްދީ މޫނުމަތިން ފެންނަ ވަރުބަލިކަން ނައްތާލާނެ އެވެ.

އެލޯވެރާއަކީ ނިދުމުގެ ކުރިންވެސް މޫނުގައި އުނގުޅުން ރަނގަޅު އެއްޗެކެވެ. މިގޮތަށް ބޭނުންކުރާ ނަމަ، އުނގުޅަން ވާނީ ރީތިކޮށް މޫނު ދޮވެލުމަށް ފަހުގަ އެވެ. މީގެ ސަބަބުން މޫނުމަތީގައި ބިހި ނެގުމާއި އެކި ކަހަލަ އެލާޖީތަކުން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދޭނެ އެވެ.

އަވީގައި އުޅުމަށް ފަހުވެސް އެލޯވެރާ ބޭނުންކުރުން ރަނގަޅެވެ. މިގޮތަށް ބޭނުންކުރާ އިރު، އއެލޯވެރާ އެކްސްޓްރެކްޓުގެ ބޯ ފަށަލައެއް މޫނުމަތީގައި އުނގުޅުމުން، ހަނގަނޑަށް ފިނިކަން ގެނެސްދީ އަވީގެ ސަބަބުން ލިބުނު ގެއްލުންތަކުން އަވަހަށް ރަނގަޅު ވެވޭނެ އެވެ.

އެލޯވެރާގެ ގިނަ އުުފެއްދުންތަކެއް ބާޒާރުގައި ލިބެން ހުރި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ތާޒާ އެލޯވެރާ ފަތް ބޭނުން ކުރުން ކަމަށް މާހިރުން ލަފާދެ އެވެ.