އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރު އަލުން ޓީވީ ޝޯއަކުން ފެނުމަށް ތައްޔާރު ވެއްޖެ އެވެ. އޭނާ މިފަހަރު ހޮސްޓެއްގެ ގޮތުގައި ފެންނާނީ "އިންޑިއާ ކޭ ޓޮޕް 1%" ގެ ނަމުގައި ގެނެސްދޭ އާ ގޭމް ޝޯއެއަކުންނެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ދަ 1% ކްލަބް"ގެ އިންޑިއާ އެޑިޝަނެވެ.
މި ޝޯއިން މޮޅުވާ ފަރާތަކަށް 1 ކްރޯޑު އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ބަނިޖޭ އޭޝިއާއިން އުފައްދާ މި ޝޯ ސިނަމާތަކާއި ޓީވީއަށް ގެނައުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރުގަ އެވެ. މި ޝޯ ދައްކާނީ ސްޓާ ޕްލަސް އާއި ޖިއޯހޮޓްސްޓާ އިން އެއްވަގުތެއްގަ އެވެ.
އާންމުކޮށް ފެންނަ ޖެނެރަލް ނޮލެޖް ނުވަތަ މައުލޫމާތު މުއްސަނދިކަމަށް ބަލާ ކުއިޒް ޝޯތަކާ ހިލާފަށް، މި ޝޯ ބިނާވެފައިވަނީ ސިކުނޑި ބޭނުން ކޮށްގެން ވިސްނާ ލޮޖިކާއި، ކަންކަން ފާހަގަ ކުރުމުގެ އޮބްޒަވޭޝަން ގާބިލުކަމުގެ އިތުރުން ކޮމަން ސެންސް އަދި ޕެޓާން ރެކޮގްނިޝަން އަށެވެ.
މި ޝޯ 100 ބައިވެރިންނާއެކު ފަށާއިރު، ސުވާލުތައް ދާނީ އެއް ސުވާލުން އަނެއް ސުވާލަށް އުނދަގޫ ވަމުންނެވެ. އެގޮތުން، އާންމުންގެ 90 ޕަސެންޓް މީހުންނަށް ޖަވާބު ދެވޭ ފަދަ އާދައިގެ ސުވާލުތަކުން ފެށިގެން، އެންމެ ފަހު ސުވާލަކީ އާބާދީގެ އެންމެ 1 ޕަސެންޓް މީހުންނަށް ނޫނީ ޖަވާބުު ނުދެވޭނެ ފަދަ އުނދަގޫ ސުވާލެކެވެ.
އަނިލް ކަޕޫރު ބުނި ގޮތުގައި މިއީ މީހާއަށް އެނގެނީ ކިހާވަރަކަށްތޯ ބެލުމުގެ ބަދަލުގައި، މީހާ ވިސްނަނީ ކިހިނެއްތޯ ބަލައިދޭ ޝޯ އެކެވެ. މީގެ އިތުރުން، ގޭގައި ތިބެގެން ޓީވީ ބަލާ އާއިލާތަކަށްވެސް ވަގުތުން ވަގުތަށް ސުވާލުތަކަށް ޖަވާބު ދީގެން ބައިވެރިވެވޭނެ އިންތިޒާމު މި ޝޯގައި ހަމަޖެހިފައިވެ އެވެ.
އަނިލް ކަޕޫރު އެންމެ ފަހުން ޓީވީ ހޮސްޓެއްގެ ގޮތުގައި ފެނިގެން ދިޔައީ 2024 ވަނަ އަހަރުގެ "ބިގް ބޮސް އޯޓީޓީ 3" އިންނެވެ.
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
އެއްބަސްވުމާއެކު ހޮރްމުޒް ކަނޑުއޮޅި ހުޅުވާނުލާނެ: އީރާން
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު