ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓް ކުއްލި ގޮތަކަށް "ބިގް ބޮސް" ގެއިން ނުކުންނަށް ޖެހިއްޖެ އެވެ.

ޖިއޯ ސިނަމާއިން މިހާރު ދައްކަމުން އަންނަ "ބިގްބޮސް އޯޓީޓީ 2" އަކީ މިހާރު އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ އެވެ. މިޝޯއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިޝޯ ވަނީ އިތުރު ދެ ހަފްތާއަށްވެސް އިތުރުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބިގްބިސް ގެއިން ޓީވީ ބަތަލާ ފަލަކް ނާޒް ވަކިވެފައިވާއިރު މިހަފްތާ ތެރޭގައި ކުއްލި ގޮތަކަށް ޕޫޖާ ބަޓްވެސް ވަނީ ގެއިން ނިކުމެވެފަ އެވެ. އެހެން ނަމަވެސް މިޝޯ އުފައްދާ ފަރާތުން އެކަން އަދި ކަށަވަރު ކޮށެއް ނުދެ އެވެ.

އެހެންނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖާ ގެއިން ނުކުތީ ސިއްހީ މައްސަލައަކާ ގުޅިގެންނެވެ. ސިއްހީ ފަރުވާ ހޯދުމަށްފަހު އަލުން ޝޯއާ ގުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖާ އަލުން ޝޯއާ ގުޅުނު ނަމަވެސް ކުރިއަށް އޮތް ހަފްތާގައި އޭނާ ޝޯއިން ބޭރުވާނެ އެވެ. މިފަހަރުގެ ސީޒަންގެ ފައިނަލުގައި ޕޫޖާ ނުހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ޕޫޖާއަކީ މިފަހަރުގެ ސީޒަންގައި އެންމެ ބޮޑު މުސާރައެއް ލިބޭ ބައިވެރި އެވެ.

"ބިގްބޮސް އޯޓީޓީ 2" ގެ ފައިނަލް ކައިރިވަމުން އަންނައިރު މިޝޯގެ ފޯރި އިތުރަށް ވަނީ ގަދަވެފަ އެވެ.

ރިއަލިޓީ ޝޯ "ބިގް ބޮސް" ހޯސްޓްކުރަން ސަލްމާން ޚާން ވަރެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. މި ޝޯ ބެލުމަށް މީހުން އެހާ ޝައުގުވެރިވާ އެއް ސަބަބަކީ ސަލްމާންގެ ހޯސްޓް ކުރުމުގެ ކުޅަދާނަކަމެވެ

"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޗެކް މަލްހާން،ޖެކް އާއި އަވިނާޝް އަދި އެލްވިސް އާއި އާޝިކާ އެވެ.