ބާބީއަކީ މި ދުވަސްވަރު އިންޓަނެޓުގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަ އެވެ. ކުޑަ ކުދިންގެ އެ ކާޓޫނުގެ ލައިވް އެކްޝަން ފިލްމެއް ނުކުމެފައިވާއިރު ގިނަ ބައެއްގެ ތަރުހީބު އެއަށް އަންނަނީ ލިބެމުންނެވެ.

އެ ތަރުހީބާއެކު ދެން ފެނުނު އަނެއް ކަމަކީ ބައެއް މީހުން އެ ފިލްމުގެ މައި ކެރެކްޓަރުން އެކި ގޮތްގޮތަށް ރީކްރިއޭޓް ކުރާ މަންޒަރެވެ. އެއްބަޔަކު އެކި ގައުމުތަކުގައި ބާބީ ހުންނާނެ ގޮތް ތަސައްވަރު ކުރިއިރު އަނެއްބަޔަކު އެ ފިލްމަށް ޖޯކު ވެސް ޖެހި އެވެ.

މިފަހަަރު ވެސް މިއޮތީ އެފަދަ ކަމެކެވެ. ޑިޖިޓަލް ސޮފްޓްވެއާއެއް ކަމަށްވާ ޑީޕްފޭކް ވީޑިއޯ ބޭނުން ކޮށްގެން މިފަހަރު އުފައްދާފައި މިވަނީ އިންޑިއާގެ ބާބީއާއި ކެން އެވެ.

https://youtu.be/6wc9VZVfKFs

އެ ސޮފްޓްވެއާއިން ބާބީގެ ޓްރެއިލާ ވީޑިއޯގައި ފެންނަ ލީޑު ދެތަރިންގެ މޫނު ވަނީ ބޮލީވުޑް އެންމެ މަޝްހޫރު އެއްޖޯޑު ކަމަށްވާ ކަންގަނާ ރޯނަޓް އާއި ރިތިކް ރޯޝަންގެ މޫނަށް ބަދަލުކޮށްފަ އެވެ.

ރިތިކްއާއި ކަންގަނާ ފިޔާތޮށި ކުލައިގެ ހެދުންތަކުގައި އެ ވީޑިއޯއިން ފެނިގެންދާއިރު ގިނަ ބައަކު މި ވީޑިއޯއަށް ހަޖޫ ވެސް ޖަހާފައިވެ އެވެ.

ރިތިކްއާއި ކަންގަނާއަކީ ފިލްމު ފްރެންޗައިސް "ކްރިޝް"އިން އާއްމުންގެ މަގްބޫލުކަން ހޯދި ޖޯޑެކެވެ. އެގޮތުން "ކްރިޝް 3" ގައި އެ ދެމީހުން އެކުގައި ފެނިގެން ދިޔަ އެވެ.