މޭބިސް ކަދުރަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދާ އެހާމެ ފަސޭހައިން ލިބެން ހުންނަ މޭވާ އެކެވެ. އަހަރުމެންގެ ތެރޭގައި އާއްމު މި މޭވާއަކީ އެތައް ބައްޔަކުން ވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ކެންސަރު

މޭބިސްކަދުރުގައި ހިމެނޭ ބާރުގަދަ އެންޓިއޮކްސިޑެންޓުގެ ސަބަބުން ގިނަ ވައްތަރުތަކެއްގެ ކެންސަރުތަކަކުން ދިފާއުވުމަށް އެހީތެރިވެދެ އެވެ. އޭގެތެރޭގައި އީސޯފެގަސްގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަނގައިގެ ކެންސަރު އަދި ދަށްގޮހޮރަށް ޖެހޭ ކެންސަރު ހިމެނެ އެވެ. ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ މި މައްދާ އެންމެ ގިނަ އަދަދަކަށް އެކުލެވެނީ، ރަތްކުލައިގެ މޭބިސްކަދުރުގެ ތޮށީގަ އެވެ.

ހިތުގެ ބަލިތައް

މޭބިސްކަދުރުގައި އެކުލެވޭ ގުދުރަތީ އެންޓި އިންފުލެމޭޓަރީ މާއްދާއެއް ކަމަށްވާ ފުލޭވެނޮއިނޮޑް ކުއާސެޓިން ގެ ސަބަބުން އެތެރޯސްކްލެރޯސިސްއިން ރައްކާތެރިވުމަށް އެހީތެރިވެދީ ލޯ ޑެންސިޓީ ލިޕޯޕްރޮޓީންގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްކޮށްދެ އެވެ. އަދި އޭގައި ގިނަ އަދަދަކަށް ހިމެނޭ ޕޮލީފެނޯލްއިން ކާޑިއޯވެސްކިއުލާ ބަލިތަކުން ރައްކާތެރިކުރުވަ އެވެ.

ބަނޑު ހިކުން

މޭބިސްކަދުރަކީ ފެން ގިނަ މޭވާއެއް ކަމުން، ކެމުގައި ބޭނުން ކޮށްފިނަމަ ގިނަވަގުތު ހަށިގަނޑުން ފެންމަދުނުވެ ހިފަހައްޓާއިދީ، ގަވައިދުން ބޮޑުކަމުދިއުމަށް އެހީވެދޭ މޭވާ އެކެވެ. އަދި އޭގައި ހިމެނޭ ފައިބާ މާއްދާގެ ސަބަބުން، ބަނޑުހިކުމުގެ އުނދަގުލުން ރައްކާތެރިކޮށްދެ އެވެ.

ލޭ މައްޗަށް ދިއުން

މޭބިސްކަދުރަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ މޭވާ އެކެވެ. ޕޮޓޭސިއަމް މަދުވުމަކީ ހަށިގަނޑުގައި ސޯޑިއަމްގެ މިންވަރު ގިނަވެ ލޭމައްޗަށް ދިއުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. މޭބިސްކަދުރަކީ ޕޮޓޭސިއަމް ގިނަ މޭވާއަކަށްވާއިރު ސޯޑިއަމްއިން ކުރާ އަސަރު ކުޑަކޮށްދޭނެ އެވެ.