ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ އެންމެ ފުރަތަމަ ލަވަ "ޒިންދާ ބަންދާ" އާއްމުންނަށް ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ލަވަ އާއްމުކޮށް ނެރުނުތާ 24 ގަޑިއިރުގެ ތެރޭގައި އާއްމުންގެ ބޮޑު ތަރުހީބެއް ލިބި ޔޫޓިއުބް ޗާޓުތަކުގެ ގިނަ ރެކޯޑުތަކެއް އެ ލަވައަށް ވަނީ ލިބިފަ އެވެ.

އެގޮތުން އެންމެ ދުވަހެއްގެ ތެރޭގައި އެ ލަވަ ވަނީ ބީޓީއެސް ޖަންކޫކްގެ ސިންގަލް "ސެވެން"އާއި ޝަކީރާގެ "ކެރަލް ޖީ" ފަހަތަށް ޖައްސާލައި އެ ލަވަތަކަށްވުރެ ގިނަ ވިއުސް ހޯދާފަ އެވެ.

އިންޑިއާގައި މިހާތަނަށް އެންމެ ގިނަ ބެކްގްރައުންޑް އާޓިސްޓުން ހިމަނައިގެން އުފެއްދި މި ލަވައިގައި 1000 އަށްވުރެ ގިނަ ނެށުންތެރިން ހަރަކާތްތެރިވެފައިވެ އެވެ.

މިއަދާ ހަމައަށް މި ލަވަ ތިން ބަހަކުން ރެކޯޑުކޮށް އާއްމުކޮށްފައިވެ އެވެ. އެއީ ހިންދީގެ އިތުރުން ތަމިލްއާއި ތެލުގޫ ބަހުންނެވެ. މި ތިން ލަވައިގެ މަޝްހޫރުކަން ވެސް ދަނީ އިތުރު ވަމުންނެވެ.

އަޓްލީ ޑައިރެކްޓްކުރާ "ޖަވާން" ސްކްރީން ތަކަށް އަންނަން ހަމަ ޖެހިފައިވަނީ އަންނަ އަހަރު އެވެ.