ޕާކިސްތާނުގައި ރޭލެއް ދަގަނޑުން ކަހައިލައިގެން ހިނގި އެކްސިޑެންޓެއްގައި މަދުވެގެން ތިރީސް މީން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެެއްޖެއެވެ.

ޓްރާންސްޕޯޓުގެ އޮފިޝަލުން ބުނިގޮތުގައި އެކްސިޑެންޓް ހިނގީ ކަރާޗީ އިން ފުރައިގެން ރާވަލް ޕިންޑީއަށް ދަތުރު ކުރި ހަޒާރާ އެކްސްޕްރެސް ރޜލުގެ ދިހަ ވަރަކަށް ބުރި ދަގަނޑުން ކަހާލުމުގެ ސަބަބުންނެވެ.

"މިއީ ވަރަށް ބޮޑު އެކްސިޑެންޓެއް،" ރެއިލްވޭ މިނިސްޓަރު ޚަވާއްޖާ ސާދު ރަފީގް ވިދާޅު ވިއެވެ. އަދި އެކްސިޑެންޓް ހިނގިއިރު ރޭލުގައި 1،000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭލު ކަހާލި ދަގަނޑަކީ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާ ދަގަނޑެއް ނޫނެވެ.

ސީނިއާ ޕޮލިސް އޮފިސަރު އާބިދު ބަލޮޗް ވިދާޅުވިގޮތުގައި މަރުވެފައިވާ ތިރީސް ހަށިގަނޑު ވަނީ ހޯދިފަ އެވެ. އަދި ސަލާމަތީ ބާރުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މަރުވެފައިވާ އިތުރު މީހުން ފެނުމުގެ ފުރުސަތު ބޮޑެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުންު ފެންނަ ގޮތުގައި ރޭލުގެ ބައިތަކުގެ ދޮރުތައް ތަޅާލުމަށް ފަހު ތާށިވެފައި ތިބި މީހުން ނެރުމަށް އެހިސާބު ގަނޑަށް ޖަމާވެފައިވާ މީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.