އާބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި "އާބަން ސެންޓަ" އެއް އިއްޔެ ހުޅުވައިފި އެވެ.
ސެންޓްރޯ މޯލްގެ އެންމެ ތިރީ ފަންގިފިލާގައި ހަދާފައިވާ މިސެންޓަރު ހުޅުވައިދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އާބަން ސެންޓަރަކީ އާބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވިގެންދާ ސެންޓަރެކެވެ. މިއީ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެކެވެ.
މިގޮތުން، އޮންލައިންކޮށް ސާވިސަސް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް، އާބަން ސެންޓަރަށް ދިއުމުން އާބަންކޯގެ މުވައްޒަފުން އެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި މީގެ އިތުރުން، އާރބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާހައުލެއް ވެސް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާބަން ސެންޓަރަކީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެއް ކަމަށް އާބަންކޯ އިން ބުނެ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
އީރާނުގެ މަންދޫބުން މަރާލުމަށް އިޒްރޭލުން މަސައްކަތްކުރި: ރިޕޯޓް