ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޒަމާނުއްސުރެ ދެކެވޭ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވާހަކަ އޭނާގެ ވެރިކަމެއްގައި ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް އެމީހަކަށް އެކަށީގެންވާ މި ޒަމާނުގެ މި ތައްޔާރުކުރެވޭ އެކޮމަޑޭޝަނެއް އަޅުގަނޑުމެން ފޯރު ކޮށްދޭނަން އެ ބޭފުޅުން ހިދުމަތުގައި ތިއްބެވިހާ ދުވަހަކު. ކޮންމެ ތަނެއްގައި ވިޔަސް," ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ސިފައިންނާއި ފުލުހުންނަށް ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ފަނޑިޔާރުންގެ އާއިލާތަކަށް ވެސް އެބޭފުޅުން ފަނޑިޔާރުކަމުގައި ތިބިހާ ދުވަހަކު ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން މޮނިޓާކުރަނީ
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި
