އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް އެޕާޓީ އިން ވަކިވެވަޑައިގެންފި އެވެ.
އިބްރާ އެމްޑީޕީ އިން ވަކިވެވަޑައިގެން އެޕާޓީގެ ޗެއާޕާސަން އަދި އިބްރާގެ ކޮއްކޮ އިކޮނޮމިކ މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީގައި ފާހަގަ ކުރައްވާފައި ވަނީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ދާކަމަށެވެ.
އިބްރާ ވިދާޅުވީ މިއަދު ހައިކޯޓު ހިންގަމުން ދަނީ ރައީސް އޮފީހުގެ ސެކްޝަނަކުން ކަމަށެވެ.
ރައްޔިތުންގެ ހައްގުތައް ވަޒީރުން ހިފަހައްޓަމުންދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަ ނައިބު ކަމަށް ވިދާޅުވި އެވެ. އަދި ސިވިލް ކޯޓަކީ ވެސް ބަންޑާރަނައިބުގެ އޮފީހެއްގެ ގޮތުގައި ހިންގަމުން ދާކަމަށްވެސް އިބްރާ ވިދޅުވެފައިވެ އެވެ.
އިބްރާ މީގެ ކުރިން އެމްޑީޕީ އިން ވަކިވެ ލިބެރަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީ އެއްވެސް އުފެއްދި އެވެ. އެއަށް ފަހު އަކުން އެމްޑީޕީއާ ގުޅުނީ މިވެރިކަން އައުމަށް ފަހު އެވެ.
ސިނގިރޭޓަށްވުރެ ވެސް "ފްރެންޗް ފްރައިސް"ގެ ނުރައްކާ ބޮޑު!
އަމްރިތާ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ސްވައިޕްގައި ހިމެނޭ އިންޓަނޭޝަލް އެކައުންޓާ ގުޅޭ ތަފްސީލް!

އިބުރެއަށް މިސަރުކާރުން ލާރި ނޫދީގެން އައްސި އަރައިގެން އެއުޅެނީ ކެނެރީގެ ބޮޑޮވަޒީރު ގެ އަމުރަށް