އަންނަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި 176 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި މާލެ ސަރަހައްދުގައި މިހާރު ބެހެއްޓުމަށް ނިންމާފައި ވަނީ 176 ވޯޓު ފޮށި ކަމަށެވެ. އަދި އަތޮޅު ތެރޭގައި 319 ވޯޓި ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި 5 ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ހުންނާނެ ކަމަށް ޥެސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމެވީ މި އިންތިޚާބުގައި ޖުމްލަ 609 ވޯޓް ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ރީ ރެޖިސްޓްރޭޝަންގެ އަދަދުތަކަށް ބަލައި ފޮށީގެ އަދަދު 580 މަދުކުރިކަން އެކޮމިޝަނުން އިއްޔެ ބުންޏެވެ. ނަމަވެސް އެންމެ ފަހުން ކޮމިޝަނުން ހާމަކުރި ހިސާބުތަކުން މިހާރު މި އިންތިޚާބުގައި ބަހައްޓާނީ ޖުމްލަ 574 ވޯޓް ފޮށްޓެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،395 މީހުންނެވެ.

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެ ވަނަ ބުރުގެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.