ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ގއ. ވިލިނގި އާންމު ހާލަތަށް ގެނެސްފި އެވެ.

ވިލިނގިލީގެ މޮނިޓަރިންގެ ހާލަތު އުވާލިކަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެރަށު ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމެއްގައި ވަނީ އަންގާފަ އެވެ.

ވިލިނގިލިން ފުރަތަމަ ޕޮޒިޓިވްވި ދަރިވަރަކީ އެއަތޮޅު ދާންދުއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނައާ އެއް ކްލާހެއްގައި އުޅޭ އިތުރު ދަރިވަރަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އެ ދަރިވަރާ ކޮންޓެކްޓް ވެގެންނެވެ.

އެ ދެ ދަރިވަރުންނާ ކޮންޓެކްޓްވެގެން ނެގި އިތުރު ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ.

މީގެއިތުރުން ވިލިނގިލިން ނެގި ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ވެސް ވަނީ ނެގަޓިވް ވެފަ އެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ގއ. ދެއްވަދު އާއި އެއަތޮޅު ދާންދޫ އެވެ. ދެއްވަދޫ ކްލާސްޓާއާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ލ. ފޮނަދު އާއި ލ. ގަން ވެސް ދާދިފަހުން ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.