އެމްޑަބްލިއުއެސްސީގެ ޕްރިމިއަމް ފެން، އާރޯ މިހާރު މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. އާރޯ އަކީ އެމްޑަބްލިއުއެސްސީ އިން އުފައްދާ ޕްރީމިއަމް ފެނުގެ ބްރޭންޑެކެވެ. މީގެ އިތުރުން އާރޯ ގެ ފެން ފުޅީ ގެ ޑިޒައިން އުފައްދާފައިވަނީ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދު ކުރެވޭނެހެން ކަމުން، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބިކުރާ ކަސްޓަމަރުންނަށް މިއީ ފުރިހަމަ ޕްރޮޑަކްޓެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ އަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކަށް އެއްގޮތަށް ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ފެންވަރުގެ ފެނެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް - މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެ އެވެ. މީގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރ ބޭސްއަކާއި ގުޅުވާލަދީ ޑެލިވަރީގެ ޚިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް މަގުފަހިކޮށްދެ އެވެ.